English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 403 އެޕްލިކޭޝަން ފޯމް އިލެކްޝަން ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިއަދު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް 403 އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވީ ނަމަވެސް އެ ކޮމިޝަނުން ކެންޑިޑަސީ ގަބޫލުކުރީ 395 ފަރާތެއްގެ އެޕްލިކޭޝަންކަމަށެވެ. މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހާމަވި އިރު، އެއްވެސް ބޭފުޅަކު ނަން އަބުރާ ނުނަންގަވާނަމަ 35 އަންހެނުންނާއި 360 ފިރިހެނުން އިންތިހާބުގައި ވާދަކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލީ 395 ފަރާތުގެ ތެރެއިން އުމުރުން 35 އަހަރުން ދަށުގެ މީހުންގެ އަދަދަކީ 71 ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަށް އަންހެނުންނާއި 63 ފިރިހެނުންކަމަށެވެ.

މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީއިން 86 ދާއިރާއަށް ކުރިމަތިލާއިރު ޕީޕީއެމް އިން 26 ދާއިރާ އަދި ޕީއެންސީއިން 23 ދާއިރާއަށް ވާދަކުރައްވާނެއެވެ. މީގެ އިތުރުން ޑީއާރްޕީ އިން 5 ކެންޑިޑޭޓުން، އަދާލަތުން 09 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީ އިން 41 ކެންޑިޑޭޓުން، އެމްޑީއޭ އިން 08 ކެންޑިޑޭޓުން، އެމްޓީޑީ އިން 10 ކެންޑިޑޭޓުން، ލޭބާ ޕާޓީއިން 09 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 186 ކެންޑިޑޭޓުން ވާދަކުރާނެއެވެ.