English Edition
Dhivehi Edition
ޕްރިޔަންކާ އަދި އޭނާގެ މަންމަ މަދޫ ޗޯޕްޜާ

ބޮލީވުޑްގެ އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ކައިވެނި ކުރިފަހުން އެ ދެމީހުންގެ ދިރިއުޅުމުގައި ހިނގާ ގިނަ ކަންތައްތަކަށް ނޫސްވެރިންގެ ސަމާލުކަންވަނީ ހުއްޓިފައެވެ.

މިފަހަރު އެތައްބަޔަކު ގެ ސަމާލުކަން ހުއްޓުނީ ނިއުޔޯކް ފެޝަންވީކްގައި ޕްރިޔާންކާ ލާފައިވާ ހެދުމުގެ ސަބަބުން އޭނާ ބަނޑުބޮޑު ކަށް ދައްކާތީއެވެ. މާގިނަ އިރުތަކެއްނުވެ ޕްރިޔަންކާގެ ފޮޓޯތަކަށް މީޑިއާގެ ސަމާލުކަން ހުއްޓި ހަގީގަތުގައިވެސް ޕްރިޔަންކާ ބަނޑުބޮޑު ކަމަށް ބުނެނޫސްތަކުގެ ފަލަސުރުހީތަކަށް އެރި އެވެ.

އެހެން ނަމަވެސް، ޕްރިޔަންކާގެ މަންމަ ވަނީ އިންޓަވިއުއެއްގައިއެތައްބަޔަކު އެނގެން ބޭނުންވި މި ސުވާލުގެ ޖަވާބުދީފައެވެ. ” މީޑިޔާގައި ޕްރިޔަންކާގެ ފޮޓޯ ދައުރުވާން ފެށުމުން އަހަރެންވެސް ޕްރިޔަންކާ އަށްގުޅިން، އޭނާ ބުނީ މިހާރު މިވަހަކަތައް އަޑު އިވިއިވި ވަރުބަލިވެފައިވާ ކަމަށާއި އޭނާ ބްރޭކް އެއްބޭނުން ވާކަމަށެވެ، އަދި ބުނެލަން ބޭނުންވަނީ އެއީ ހަމަ ފޮޓޯ ނަގާފައި ހުރި އޭންގަލް އިން ފެންނަގޮތް ކަމަށް” މަދޫ އިންޓަވިއުގައި ބުންޏެވެ.

މީގެ ކުރިން ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި ކުއްޖަކު ބޭނުންވާކަމަށާއި ވަގުތު ޖެހުމުން އެކަމާއި މެދު ވިސްނާނެކަމުގައި ބުނެފައެވެ. ޕްރިޔަންކާގެ ވަރަށް ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޕްރިޔަންކާގެ ހުވަފެނީ ކައިވެނި 2018 ގައި ކުރެވިފައިވާ ކަމަށާއި 2019 ގައި މަންމައަކަށްވުމުގެ އުފާވެރި އިހްސާސް ޕްރިޔަންކާވެސް ކުރާނެ ކަމަށެވެ

ރޮމޭންޓިކް އަދި ވަރަށް އުފާވެރި ދިރިއުޅުމެއް ހޭދަކުރަމުން އަންނަ މިދެތަރިން ނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަރަށް ގިިނަމީހުންގެ ސަމާލުކަން ހުއްޓިފައިވާ ދެ ތަރިންނެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް މިދިޔަ ޑިސެމްބަރ އެއްވަނަ ދުވަހު ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެނި ހަފުލާ އޮތީ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައެވެ.