English Edition
Dhivehi Edition

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ އެންމެ ފަހުގެ މިމުބާރާތުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބަލިވި ހަނދާން ނައްތާލައިފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމާއި ސޯލްޝެއާ ހަވާލުވި ފަހުން ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން ދާއިރު އެފްއޭ ކަޕްގައި ރޭ ވާދަވެރި މި ދެ ޓީމް ކުޅުނު މެޗް މެންޗެސްޓަރ ޔުނައިޓެޑުން ކާމޔާބުކޮށްފައިވަނީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފުރަތަމަ ހާފްގައި ފެނިގެން ގޮސްފައިވާއިރު ޔުނައިޓެޑް އިން މިމެޗުގައި ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ހެރޭރާ ޔުނައިޓެޑްއަށް ކުރި ހޯދާދީފައިވާއިރު ޔުނައިޓެޑްގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ކާރިވެފައިވަނިކޮށް ޔުނައިޓެޑްއަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޮގްބާއެވެ

ރޭގެ މެޗުން ޗެލްސީ ބަލިވި އިރު ޗެލްސީ ނެރޭ ދަށް ނަތީޖާ ތަކުގެ ސަބަބުން ރޭގެ މެޗުގައި ޗެލްސީގެ ސަޕޯޓަރުންވަނީ އެ ޓީމްގެ ކޯޗު ސާރ ީ ބޭރުކުރުމަށް ގޮވާލާއި އަޑުގަދަކޮށްފައެވެ.

ޝޯލްޝާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗް ވަނީ ކާމިޔާބުކޮށްފައެވެ. އެއް މެޗުން ބަލިވެފައިވާއިރު އަނެއް މެޗްވީ އެއްވަރެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވަނީ ވުލްވްސްއާއެވެ. މެންޗެސްޓާ ސިޓީއިން ސްވޯންސީ ސިޓީއައި ވާދަކުރުމަށް ހަމަޖެހިފައިވާއިރު ވޮޓްފޯޑް ނުކުންނާނީ ކްރިސްޓަލް ޕެލަސްއައި ދެކޮޅަށެވެ.