English Edition
Dhivehi Edition

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ އާއި ހޮލީވުޑްގެ އެކްޓަރ އޯލަންޑޯ ބްލޫމް އެންގޭޖް ވެއްޖެއެވެ.

ލޯބިވެރިންގެ ދުވަހު ކެޓީޕެރީ އިންސްޓަގްރަމް ގައި ވަނީ އޭނާ އާއި އޯލަންޑޯ އެންގޭޖް ވިކަން އަންގާލުމަށް ފޮޓޯއެއް ދައްކާލާފައެވެ.

އުމުރުން 34 އަހަރުގެ ކެޓީޕެރީ ވަނީ މީގެކުރިންވެސް ކައިވެންޏެއް ކޮށްފައެވެ. އިނގިރޭސި އެކްޓަރ ރަސެލް ބްރޭންޑާ ކެޓީ ޕެރީ ކައިވެނި ކުރީ 23 އޮކްޓޯބަރ 2010 ވަނައަހަރު އެވެ. ނަމަވެސް ދެ މީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި އެކައިވެނި ވަނީ ޑިސެމްބަރ 2011 އިގައި ރޫޅިފައެވެ. އަހްލާގީ މިންގަނޑު ވަރަށް ރަނގަޅަށް ހިފައްޓަމުން އައި ކެޓީ ރަސެލްއާއި އެކު ކުރި ކައިވެނި ރޫޅުމުން އޭނަ އަށް ވަނީ ވަރަށް ބޮަޑަށް ޑިިޕްރޭޝަންގެ މައްސަލަތަކާ ކުރިމަތިވެ އަމިއްލަ އަށް މަރުވާން ވެސް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ކެޓީގެ މައިންބަފައިން ވަނީ މިކަމުން އޭނާ ސަލާމަތް ކޮށްދީފައެވެ.

ކެޓީގެ ލޯބިވެރިޔާ އޯލެންޑޯ ވެސް ވަނީ މީގެ ކުރިން މަޝްހޫރު މޮޑެލް އެއް ކަމަށްވާ މިރިންޑާ އާ ކައިވެނިކޮށްފައެވެ. މިދެމީހުންގެ ކައިވެނި 2010 ވަނަ އަހަރު ކޮށް، ދަރިއަކު ލިބުނުފަހުން ކައިވެނިރޫޅުނީ 2013 ވަނަ އަހަރުއެވެ.

އޯލަންޑޯ ވަނީ “ލޯޑް އޮފް ދަ ރިންގްސް” އާއި “ޕައިރޭޓްސް އޮފް ދަ ކެރީބިއަން” ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައެވެ.

ކެޓީ ޕެރީ އަށް އޭނަގެ ލަވަކިޔުމުގެ ކެރިއާގައި ވަރަށް ބޮޑެތި ކާމިޔާބީތައް ވަނީ ލިބިފައެވެ.ކެޓީއަށް 3 އެމެރިކަން އެވާޑް ލިބުމުގެ އިތުރުން 14 ޕީޕަލްސް ޗޮއިސް އެވާޑް ލިބިފައި ވެއެވެ. މީގެއިތުރުން 4 ގިނިސް ވޯޑް ރިކޯޑް ކެޓީވަނީ މުގުރާލާފައެވެ.