ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑްޕިޓް އޭނާގެ 3ވަނަ ކައިވެންޏަށް ތައްޔާރުވާކަން ހާމަކޮށްފިއެވެ.
އުމުރުން 61 އަހަރުގެ އެކްޓަރ ކައިވެނި ކުރަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އިނެސް ޑި ރަމޮން 31 އާއެވެ. އިނެސް އަކީ މަޝްހޫރު ގަހަނާ ބްރޭންޑެއް ކަމަށްވާ ‘އަނީތާ ކޯ’ ގެ ޑިޒައިނަރެކެވެ.
އިނެސް އަކީ ފިލްމީ ދާއިރާގެ ފަރާތަކަށް ނުވާތީ މިކައިވެނި ދެމިއޮތުމުގެ ޔަގީންކަން ބޮޑުކަމަށް ބްރެޑްޕިޓްގެ ގާތް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިދެމީހުން ތައްޔާރުވަނީ ޗާޗް ވެޑިންއަކަށް ކަމަށާއި ތާރީހެއް ކަނޑަނޭޅި ނަމަވެސް ވަރަށް އަވަހަށް ކައިވެނި އޮންނާނެކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ބްރެޑްޕިޓް މީގެކުރިން 2000 ވަނަ އަހަރު ހޮލީވުޑްގެ ތަރި ޖެނިފާ އެނިސްޓަންއާ ކައިވެނި ކޮށްފައި ވެއެވެ. އެކައިވެނި ރޫޅުނީ އެންޖެލީނާ ޖޯލީ އާއި އެކު ލޯބީގެ ގުޅުމެއް ފެށި 2005 ވަނަ އަހަރުއެވެ. ޖޯލީ އާއި ބްރެޑްޕިޓް އެކީގައި ދިގު މުއްދަތަކަށް އުޅުމަށްފަހު 2014 ވަނަ އަހަރު ކައިވެނި ކޮށްފައިވެއެވެ.
ބްރެޑް އާއި ޖޯލީގެ ކައިވެންޏަށް 3 ކުދިން ލިބިފައިވާއިރު އެދެމީހުން އިތުރު 3 ކުދިން އެޑޮޕްޓް ކޮށްފައިވެއެވެ. ބްރެޑް އާއި ޖޯލީގެ ކައިވެނީގައި މައްސަލަތައް ޖެހި މި ދެތަރިން ވަކިވެފައިވަނީ 2016 ވަނަ އަހަރު ކަމުގައިވީ ނަމަވެސް ރަސްމީކޮށް ވަރި ކޯޓުން ސާބިތު ކޮށް ދީފައިވަނީ 2024 ވަނަ އަހަރުގައެވެ.