English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ގަދަ ހަ ބާރުން އެއް ބާރު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް މިހާރު 72 އަހަރު ވީއިރު އޭނާގެ ބަރުދަނުގައި 110 ކިލޯ އެބަ ހުއްޓެވެ. ޓްރަމްޕް ގެ ބަރުދަނުގައި 110 ކިލޯ ހުއްޓަސް އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވައިޓްހައުސް ގެ ޑޮކްޓަރު ޝޯން ކޮންލޭ ވިދާޅުވެއެވެ.

ޓްރަމްޕް ގެ އިސްކޮޅުގައި 6 ފޫޓާއި 3 އިންޗި ހުންނަ އިރު އޭނާ ތައްޔާރީ ކާނާ ކާތީ އޭނާގެ ބަރުދަން އިތުރުވެ ސިއްހީ ހާލުކޮޅު ދެރަވެދާނެ ކަމަށް ބައެއް މީހުން ހީކުރި އެވެ. ޓްރަމްޕް އަކީ ސިނގިރޭޓް އާއި ރާ އެއްގޮތަކަށްވެސް ބޭނުންކުރާ މީހެއް ނޫނެވެ.

ޓްރަމްޕް އޭނާގެ ކެމްޕެއިން ތެރޭގައި ލިޔުނު ސިޓީގައި ބުނަނީ އޭނާ ވެގެން ދާނީ އެ ޤައުމު ގައި ހޮވާ އެންމެ ދުޅަހެޔޮ ރައީސަށް ކަމަށެވެ. ޑޮކްޓަރުން ބުނަނީ ޓްރަމްޕް ނިދަނީ ރޭގަނޑު 3 ނުވަތަ 5 ގަޑިއިރަށް ކަމަށެވެ. އަދި މިހާތަނަށް ކޮންމެ އަހަރަކުވެސް ހަދާ މެޑިކަލް ޗެކަޕް އިން ޓްރަމްޕް ދުޅަހެޔޮ ކަމަށް ދައްކާކަމަށް އޭނާގެ ޑޮކްޓަރުން ބުނެއެވެ.