English Edition
Dhivehi Edition

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫމީދޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އޭއޯނިއުސް އިން އިޝްތިހާރު ކުރާނެ ކެންޑިޑޭޓަކަށް ރޮޒެއިނާ އާދަމް (ރޮޒޭ) ހަމަޖައްސައިފިއެވެ.

މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ޕްރޮމޯޓް ކޮށް ދިނުމަށް އޭއޯ ނިއުސް އިން ފުރުސަތު ހުޅުވާލާ، ކޮންމެ ދާއިރާއަކުން އެއް ކެންޑިޑޭޓަކަށް ފުރުސަތު ދޭ ގޮތަށް ވަނީ ނިންމާފައެވެ.

އައްޑޫމީދޫ ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައިރޮޒޭ އަކީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވަވާ ދާއިރާއަށް މެމްބަރެވެ. މަޖިލިހުގައި އިދިކޮޅު ސަރުކާރުގެ މެމްބަރެއްގެ ގޮތުގައި ނިމިގެން މިދާ ދައުރުގައި ރޮޒޭ ވަނީ ދާއިރާއަށް ދިމާވާ ގިނަ މައްސަލަތަކަށް ހައްލުހޯދުމަށް ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލަވައި ވަކާލާތު ކުރައްވަވާފައެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ރޮޒޭ ވިދާޅުވީ އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަޖިލިހުގައި ދާއިރާގެ ތަރައްގީއަށް ކަންތައްތައް ކުރާނެ ފުރުސަތު ލިބިގެން ނުދިޔަ ނަމަވެސް ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި އައްޑޫމީދޫ ދާއިރާއަށް ފާގަތި މުސްތަގުބަލެއް ހޯދަވައި ދެއްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މަޖިލިހުގައި ރޮޒޭ ފާހަގަކޮށްލެވެނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވަވާ ދާއިރާގެ ހައްގުގައި އަޑު އުފުއްލަވާ ، ޕާޓީއަށް އިޚުލާސްތެރި މެމްބަރެއްގެ ގޮތުގައެވެ.