English Edition
Dhivehi Edition

ހަނގާކުރުން ހުއްޓުުވޭނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެއްބާރުލުން ލިބިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ތަޢުލީމީ ނިޒާމުގައި ހަނގާކުރުން ހުއްޓުވާ އަނިޔާ ލިބޭފަރާތްތަކަށް އެހީތެރިވާނެ ގޮތުގެ އުސޫލާއި، ސްކޫލް ކުދިންގެ ސިއްޙަތު ބެލޭނެ ނިޒާމާއި، ސްކޫލް ކުދިންގެ ފުޑް ގައިޑްލައިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލް ދުވަސްވަރު ލިބޭ ނަފްސާނީ ގެއްލުންތަކަކީ އެކަމުގެ ނޭދެވޭ އަސަރު ކުދިންގެ މުޅި ޢުމުރަށް ދެމިގެންދާކަމެއްކަމަށާއި، ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ މިފަދަ މައްސަލައެއް ޙައްލުކުރުމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހަނގާ ކުރުން ހުއްޓުވުމަށް އުސޫލުތައް ތަންފީޒުކުރުމުގެ މަގްސަދަކީ ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއެކު ތައުލީމީ ފުރުސަތުތައް ތަނަވެސްވެފައިވާ މާހައުލަކަށް ހެދުން ކަމަށެވެ. އަދި ސްކޫލް ނިޒާމުގައި ހަނގާ ކުރުން ހުއްޓުވުމަށާއި، ހަނގާކުރުމުގެ ހާދިސާއެއް ހިނގައިފިނަމަ އެކަމާ މެދު ފިޔަވަޅު އެޅުމަކީ ވެސް މިފަދަ އުސޫލެއްގެ މަގުސަދު ކަމަށްވެސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވަނީ ހަނގާ ކުރުމާ ދެކޮޅު ސިޔާސަތެއް ވެސް އާންމުކޮށްފަ އެވެ. އަދި ހަނގާކުރުމާ ދެކޮޅު ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ވަނީ އެންޓި ބުލީން އެމެބެސެޑަރެއްވެސް ހަމަޖައްސާފަ އެވެ.
މި އުސޫލުތައް ތަންފީޒު ކުރަން ފަށަނީ ދަރިވަރުންނާއި، ތައުލީމީ ނިޒާމުގެ ގިނަ ބޭފުޅުންގެ މަޝްވަރާ ހޯދުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެޑިޔުކޭޝަން މިިނިސްޓްރީގެ ފަރާތުން ތައާރަފުކުރާ ކަންކަމަކީ ގިނަ ކަންތައްތަކެއް ބެލުމަށްފަހު ތަންފީޒީ މަރުހަލާގައި ދިމާވާ ދަތިތައް ހުރަސްކޮށް، ދަރިވަރުންނާއި ހަމައަށް އެކަމުގެ ލާބައާއި މަންފާ ފުރިހަމައަށް ލިބޭކަން ޔަގީންކުރުމަށްފަހު ތައާރަފްކުރެވޭ ކަންތައްތަކެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ސްކޫލް ނިޒާމުގެ ތެރެއިން ގަވާއިދުން ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ނިޒާމެއް ހަމަޖެއްސުމާއި، ބުލީކުރުން ހުއްޓުވައި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި ތަންފީޛްކުރަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.