English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީދޫ މީހަކު ހައްޔަރުކޮށްފިއެވެ

އައްޑޫސިޓީ މީދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ފެބުރުވަރީ 9ވަނަ ދުވަހުގެ 14:57 ހާއިރު ހިންގި މިއޮޕަރޭޝަންގައި، ކޯޓުއަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ސ. މީދޫ މެޖިސްޓްރޭޓް ކޯޓަން ވަނީ 15 ދުވަހުގެ މުއްދަތެއްޖަހާ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ

މި ދުވަސްވަރު އައްޑޫ ސިޓީ މީދޫގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔާފާރިކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މި މަސައްކަތްކުރުމަށް ރަށުގެ ފަޅުގެތަކާއި ފަޅުތަންތަން ބޭނުންކުރަމުންދާކަމަށް އެ ރަށު މީހުންވަނީ ބުނެފައެވެ.