English Edition
Dhivehi Edition
މަސްތިވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް - ފައިލް ފޮޓޯ

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ އޯގަސްޓް 14 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސް އަށް ޝައްކުކުރެވިގެން ކަމަށެވެ.

އެގޮތުން އިތުރަށް ޗެކްކުރުމުގެ ތެރޭގައި ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ

ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 480.10 ގްރާމް ހުރި ކަމަށާއި މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައި ކަމަށެވެ.