English Edition
Dhivehi Edition

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުގެ އައްޑޫސިޓީގެ ތިން އަވަށެއްގައި ކެންސަރާއި ބެހޭ މައުލޫމާތު ދިނުމާއި ސްކްރީން ކުރުމުގެ ހަރަކާތްތަކެއް ބާއްވައިފިއެވެ

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީއާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ގުޅިގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކެންސަރު ބައްޔާއި ގުޅޭ ގިނަ މައުލޫމާތުތަކެއްވަނީ އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.މި މަހުގެ 06 ވަނަ ދުވަހު ހިތަދޫގައި ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔަތުން ބައިވެރިވެފައިވާއިރު 07 ވަނަ ދުވަހު މި ދުވަހާއި ގުޅޭ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހުޅުދޫ،މީދޫ އަދި ފޭދޫގައެވެ

ހުޅުދޫމީދޫގައި ދުވަހާއި ގުޅޭ ހަރަކާތްތައް ފައްޓަވާ ދެއްވީ އައްޑޫ ސިޓީ މީދޫ ކައުންސިލަ ހިޔާޒް ހަސަން އާއި ހުޅުދޫ ކައުންސިލަ ޝުކުރީއެވެ. ކެންސަރު ބައްޔާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ޝުކުރީ ވަނީ ކެންސަރު ބަލީގެ މީހުން ނިސްބަތުން އެންމެ ގިނައީ މި ދެރަށުގައި ކަން ފާހަގަކުރައްވާފައެވެ. އަދި މި ބަލީގެ ވޭން ތަހައްމަލްކުރަމުންދާ މީހުންނާއި ގާތުން މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ޝުކުރީވަނީ މި ބަލީގެ ވޭނާއި ހިތްދަތި ތަޖުރިބާތައް ހިއްސާކުރައްވާފައެވެ.