English Edition
Dhivehi Edition
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އެންއީއޯސީގެ ބައްދަލުވުމެއްގައި - ފައިލް ފޮޓޯ: ފިނޭންސް މިނިސްޓްރީ

މި ސަރުކާރުން ބަޖެޓުގެ ތަފާސްހިސާބުތައް ހާމަނުކުރަނީ އޮޅުވާލަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރަމުން އައި ވީކްލީ ފިސްކަލް ރިޕޯޓު މިދިޔަ ޖޫން މަހުން ފެށިގެން އާންމުކުރުން ވަނީ ހުއްޓާލާފައެވެ. މި ރިޕޯޓް އާންމުކުރުން ހުއްޓާލުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މީގެ ކުރިންވެސް ފާޑުކިޔާފައިވާއިރު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ހިސާބުތައް އާންމުކުރުން ހުއްޓާލީ ރެކޯޑުތަކުގައި މައްސަލަތައް އުޅޭތީ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށް ފަހު، ރެކޯޑު ނުކުރުން ކަން އޭނާ ވަނީ ފާޙަގަކޮށްފައެވެެ.

https://x.com/iameeru/status/1847612537191485686

ވާހަކަތަކަށް ރައްދު ދެމުން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުން ގޯހެއް ހަދާފައިވާނަމަ، އެ ކަމެއް ބަލައި، ތަފާސްހިސާބު ވެސް ހާމަކުރާހާ ދުވަސްވެއްޖެ ކަމަށެވެ. އަދި މި ސަރުކާރުން ދައުލަތުގެ ތަފާސްހިސާބުތައް ޝާއިއުނުކޮށްގެން އުޅެނީ އެއްވެސް މަޝްރޫއެއް ނުހިނގާއިރު ވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވާތީ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ މި އަހަރަށް ކަނޑައަޅާފައިވާ 49.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވިއިރު، ހެޔޮ ބަދަލެއް ގެނެވިފައިވަނީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނި ތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނިކަމަށެވެ. “ބަލާ ކަމެއް ބަލާފަވެސް ތަފާސް ހިސާބުތައް ޝާއިއުކުރާހާ ދުވަސްވެއްޖެ.” އަމީރު ވިދާޅުވިއެވެ.