English Edition
Dhivehi Edition

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް އެފް.އޭ.އެމް އިން 2019 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ބޭސިކް ރެފްރީ ކޯހެއް އަޑޫގައި ބޭއްވުމަށް ނިންމައި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 15:00 އަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް އައްޑޫ ސިޓީގެ އޮފީހުންނެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 ޖެނުއަރީން ފެށިގެން 19 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ. އަދި މި ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3317006 ނުވަތަ 3327868 ގުޅުށްވުމުން އެ މައުލޫމާތު ލިބޭނެއެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ވެބްސައިޓު www.fammaldives.come އިންވެސް މައުލޫމާތު ލިބެންހުންނާނެއެވެ.

މިކޯސް ކުރިއަށް ގެންދިއުމަށް ހަޖެހިފައިވަނީ 01 މާރިޗުން 07 މަރިޗް 2019 ގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވާ 18 އަހަރާއި 25 އަހަރުގެ ކުދިންގެ އަތުން އެއްވެސް ފިއެއްނުނަގާނެއެވެ. އެހެން ނަމަވެސް 25 އަހަރުން މަތީގެ ފަރާތެއްނަމަ 1500 ދިވެހި ރުފިޔާ ނެގުމަށް ވަނީ ހަމަަޖެހިފާއެވެ.

ފުޓުބޯޅަ ރެފްރީ އަކަށް ނުވަތަ އެދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެއެވެ.