English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި އިސްލާމިކް ބޭންކު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ދެ ސައިކަލް ޖެހިގެން ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ ދެކޮޅުން ދުއްވާފައި އައި ދެ ސައިކަލު ޖެހިގެންނެވެ.

މިރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ބޯ ވަރަށް ބޮޑަށް ވަނީ ފަޅައިގެން ގޮސްފައެވެ.. އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންވެސް ވަނީ އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަސް ގެންގޮސްފައެވެ.

ރާއްޖޭގައި އެކްސިޑެންޓައް ގިނެވެފައިވާ އިރު، އައްޑުއަކީ އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ އެއް ސަރަހައްދެވެ. މިދިޔަ ހަފްތާގެ ތެރޭގައިވެސް އައްޑޫގައި ނުރައްކާތެރި އިތުރު އެކްސިޑެންޓައް ހިނގާފައިވެއެވެ.

ރާއްޖޭގައި އެކްސިޑެންތައް ގިނަވެފައިވުމާއެކު، ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ވަނީ “މީތި ސަޅި”ގެ ނަމުގައި ހާއްސަ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.