English Edition
Dhivehi Edition
މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވިއްސައިގެން ދިޔަ ސައިކަލް--ފޮޓޯ ވީ ނިއުސް

ހުޅުލެއާއި ހުޅުމާލޭ ގުޅުވައިދޭ ލިންކު ރޯޑު، ސިނަމާލެ ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު 2:15 ހާއިރު ވީ މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ފުވައްމުލަކު މީހަކަށެވެ.

މިއެކްސިޑެންޓްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް ޖެހިފައިވަނީ ލިންކް ރޯޑްގެ ބޭރުން ހަދާފައިވާ ބޭރު ތޮށިގަނޑު މައްޗަށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. މިމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.

ހުޅުލެއާއި ހުޅުމާލޭ ގުޅުވައިދޭ ލިންކު ރޯޑާއި ސިނަމާލެ ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓްތައް ގިނަވަމުންދާތީ މިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަސައްކަތްތަކެއް ފަށާފަ އެެވެ.