އައްޑޫގައި ބިޒްނަސް ވިސާ ތައާރަފު ކުރުމަށް ނިންމީ އެކަމަށް ކުރިން ވެސް އިމިގްރޭޝަނުން ތައްޔާރީތަކެއް ވެސް ވެފައި އޮތުމުންކަމަށާއި އަދި ކަމަކަށް އެންމެ ޑިމާންޑް ވެސް ބޮޑު ހިސާބެއް ބަލާފައި ކަމަށް ކޮންޓޯލަރު މުހައްމަދު އަހުމަދު ހަސަން ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވީ ބިޒްނަސް ވިސާ އަށް އެޕްލައި ކުރާތާ ދެ ދުވަހުގެ ތެރޭގައި އޭގެ އިންތިޒާމުތައް ހަމަޖެހިގެން ދާނެކަމަށެވެ .
ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ދިމަދިލާމުން ވެސް ބިޒްނަސް ވިސާގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަން ފާހަގަކުރައްވަވާ ހަނަފީ ވިދާޅުވީ މާ ލަސްތަކެއް ނުވެ އައްޑޫގައި ވޯކް ވިސާގެ ހިދުމަތް ވެސް ތައާރަފު ކުރާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫން ލިބިގެން ދިއުމުން ތަފާތު އެކި ކަހަލަ ވިޔަފާރިތަކަށް ވެސް މަގުހުޅުވި، ދަތުރުފަތުރު ކުރާ މީހުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައަކަށްވެގެން ދާނެކަމަށެވެ.