English Edition
Dhivehi Edition

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ 36 ދާއިރާއަކާއި އެ ދާއިރާތަކުގެ ޓިކެޓު ދިން ބޭފުޅުން ޖުމްހޫރީ ޕާޓީން އިއުލާންކޮށްފިއެވެ.

އެޕާޓީން މިކަން ހާމަކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ޓިކެޓް ދޭނެ ބޭފުޅުންނާއި ދާއިރާތައް ނިންމުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހުއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން 36 ދާއިރާއަކަށް ވާދަ ކުރުމަށް ނިންމާފައިވާއިރު، ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު ކައުންސިލުން ޖޭޕީގެ ލީޑަރަށް ދީފައިވާ ކަމުގައެވެ.

ޖުމްހޫރީ ޕާޓީން ޓިކެޓް ދިނުމަށް ނިންމާފައިވާ ބޭފުޅުންނަކީ:
ހަނިމާދޫ ދާއިރާ ހުސައިން ޝަހުދީ
ކުޅުދުފުށީ އުތުރު ދާއިރާ ނަސްރުﷲ އިސްމާއިލް
ކަނޑިތީމު ދާއިރާ މުހައްމަދު ހުސައިން
އުގޫފާރު ދާއިރާ އިލްހާމް އަހްމަދު
މަޑުއްވަރީ ދާއިރާ މުހައްމަދު އަމީތު އަހްމަދު
ކެންދޫ ދާއިރާ އަލީ ހުސައިން
ބިލެތްދޫ ދާއިރާ އަހްމަދު މުބީން
ކުރެންދޫ ދާއިރާ އަހްމަދު މުސާ
ކާށީދޫ ދާއިރާ މާޖިދު ސުލައިމާން
މަތިވެރި ދާއިރާ ހުސައިން މުހައްމަދު
ތޮއްޑޫ ދާއިރާ އިބްރާހިމް ހަސަން
މަހިބަދޫ ދާއިރާ އަހްމަދު ސުނިލް
މާމިގިލީ ދާއިރާ ގާސިމް އިބްރާހީމް
ދަނގެތި ދާއިރާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)
ކެޔޮދޫ ދާއިރާ މޫސާ ނިޒާރު އިބްރާހިމް
ވިލުފުށި ދާއިރާ ރިޔާޒު ރަޝީދު
ތިމަރަފުށީ ދައިރާ އަބްދުﷲ ރިޔާޒު
ގުރައިދޫ ދާއިރާ ހުސައިން މަނިކު ދޮންމަނިކު
އިސްދޫ ދާއިރާ އަލީ ހަމީދު
ފޮނަދޫ ދާއިރާ ފާތުމަތު ޒައީމާ
ގަމު ދާއިރާ އާދަމް އާސިފް
މާވަށު ދާއިރާ އަޒްހާން ފަހުމީ
ވިލިނގިލި ދާއިރާ ސައުދު ހުސައިން
ގެމަނަފުށީ ދާއިރާ އަލީ އާދިލް
ދާންދޫ ދާއިރާ މުހައްމަދު ޝިޔާމް
ތިނަދޫ ދެކުނު ދާއިރާ އަބްދުﷲ އަހްމަދު
ފަރެސްމާތޮޑާ ދާއިރާ މުހައްމަދު މުޚްތާރު
ފުވައްމުލަކު އުތުރު ދާއިރާ އަލީ ޝާހު
ހިތަދޫ މެދު ދާއިރާ ހުސައިން ސޯލިހް
ހެންވޭރު ދެކުނު ދާއިރާ އިރުތިޝާމް އާދަމް
ހެންވޭރު އުތުރު ދާއިރާ އަލްހާން ފަހުމީ
ހެންވޭރު ހުޅަނގު ދާއިރާ އައިޝަތު ނާޒިމާ
މައްޗަންގޮޅި ދެކުނު ދާއިރާ އިބްރާހިމް މަމްނޫން
މާފަންނު ދެކުނު ދާއިރާ މުހައްމަދު ހަމްދާން
ގަލޮޅު ދެކުނު ދާއިރާ އަބްދުﷲ ނަވާޒު
ވިލިމާލެ ދާއިރާ ޑރ. މުހައްމަދު ޖަމީލު އަހްމަދު

މި ދާއިރާތައް ނޫން އެހެން ދާއިރާތަކަށް ކުރިމަތިލުމުގައި ގޮތެއް ނިންމަވާނެ ކަމަށް ގާސިމް ވިދާޅުވިއިރު އެކަމުގައި މަޝްވަރާ ކުރަންޖެހުނު ކޮންމެ ބަޔަކާއެކުވެސް މަޝްވަރާކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ކޯލިޝަންގެ އެއްބަސްވުމުގައި ވާގޮތުން ޖުމްހޫރީ ޕާޓީއަށް ވާދަކުރުމަށް ލިބެނީ 22 ދާއިރާއެވެ. ނަމަވެސް އެކަމާމެދު ޕާޓީތަކަށް ވަކިގޮތަކަށް އެއްބަސްވެވިފައިނުވާތީ ފަހުން ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީން ބޭނުންވާ ދާއިރާތަކަށް ކުރިމަތިލުމަށް ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯދުމަށް ހުޅުވާލި ފުުރުސަތުގައި 97 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.