English Edition
Dhivehi Edition
ޖުމުހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ނަހުލާ ވޯޓު ލައްވަނީ: ފޮޓޯ ވަގުތު

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އިންތިޚާބުކުރި ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފު އެޕާޓީގެ ކައުންސިލް މެމްބަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމުގައި ހުންނެވި އައިޝަތު ނަހުލާ ހޯއްދަވައިފިއެވެ.

މި މަގާމަށް ނަހުލާގެ އިތުރުން ފިޝަރީޒް މިނިސްޓަރ، ޑރ. ހުސެއިން ރަޝީދު ހަސަން އާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ، އަމީން އިބްރާހިމް، ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ، ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވެސް ވަނީ ކުރިމަތިލައްވާފައެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާންކުރިއިރު، ތަފާތު ބޮޑު ނަތީޖާއަކުން ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އެއް ބޭފުޅަކީ ނަހުލާއެވެ. އެގޮތުން އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މަގާމަށް އިންތިޚާބުވީ ވެސް ނަހުލާއެވެ. ނަހުލާ ވަނީ ޖުމްލަ 558 ވޯޓު ހޯއްދަވާފައެވެ. މިއިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އަމީންއަށް 327 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައުދުވަނީ 275 ވޯޓު ހޯއްދަވާފައެވެ. މީގެ އިތުރުން އިގުބާލަށް 263 ވޯޓު ލިބިވަޑައިގެންނެވިއިރު ޝާހުއަށްވަނީ 277 ވޯޓު ލިބިވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ކުރިއަށްދިޔަ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކުރީ 741 މެމްބަރުނެވެ. އޭގެތެރެއިން ވޯޓުލާފައިވަނީ 680 މެމްބަރުންނެވެ.