English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އަދި މިހާތަނަށް އަނިޔާވެރިކޮށް އެއްވެސް ކަމެއް ނުކުރާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރޭ ފަލާހް ‘ސަން’އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށެވެ.އަދި ރައީސް ޞާލިހަކީ މި ގައުމަށް އަމާން ކަމާއި ރައްކާތެރިކަން ގެނެސް ދެއްވޭނެ އިހްލާސްތެރިވެރި އެއް ކަން ޔަގީން ކަމަށް ފަލާހް ވިދާޅުވިއެވެ

މި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ މި ސަރުކާރުން މި ގައުމަށް ތަރައްގީ އާއި ޒަމާނީ ކުރިއެރުން ގެނެސް ދެއްވާނެ ކަން ޔަގީންވެގެންދާކަމަށެވެ.މީގެ އިތުރުން ފަލާހް ވިދާޅުވީ ރައްޔަތުންނާއި ގުޅުންހުރި ކޮންމެ ކަމަކަށް ސަރުކާރަށް އެއްބާރުލުންދޭނެކަމަށެވެ

މި ދުވަސްކޮޅު ސިޔާސީ މައިދާނުން ފަލާހް އެއް ގޮތަކަށްވެސް ނުފެނުމުން ބައެއް މީހުން އޭނާ ސިޔާސީ މައިދާނުން ގެއްލިއްޖެ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް ފަލާހް ވިދާޅުވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށާއި ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ނިކުންނާނީ ރައީސް ޔާމީންގެ ތާއީދާ އެކު ކަމަށެވެ.