English Edition
Dhivehi Edition

އަހަރު ވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅުއްވަން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ނިންމަވައިފި އެވެ

މި ގާނޫން އުވާލަން މިހަފްތާ ތެރޭގައި ހުށަހަޅަން ނިންމާފައިވާއިރު، ފާލާހު ވިދާޅުވީ އުމުރުން 65 އަހަރު ވުމުން، ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު އުވާލަން ހުށައަޅުއްވަނީ ކެރިކުޅަދާނަ ކޮންމެ މީހަކަށް އަދި ވެރިކަން ކުރުމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ދޭން ކަމަށެވެ. ފަލާހު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ރައީސްކަމަށް ކުރިމަތިލުމަށް ވަކި އުމުރެއް ކަނޑައެޅިފައިނުވާއިރު ރާއްޖޭގައިވެސް ވަކި އުމުރެއް ކަނޑައަޅާފައި އޮތުން މުހިންމު ނޫންކަމުގައެވެ

މީގެ އިތުރުން ފަލާހް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު ވެސް ފާސްކޮށްފައި، ފަހުން ހަމަ އެ ގާނޫނު އުވާލާފައިވާއިރު ބިލެއް ފާސްކޮށްފައި އެއަށް ހަމަ އިސްލާހު ގެންނަ ގޮތަށް، އެކިއެކި ގާނޫނުތައް ބަދަލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ

ގާނޫނުއަސާސީ އަށް 2015 ގައި ގެނައި އިސްލާހުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ މީހުންގެ އުމުރަކީ 30 އަހަރުން ފެށިގެން 65 އަހަރެވެ.