English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމީ ތަރި ޕްރަތީކް ބައްބަރު އޭނާގެ ލޯބިވެރިޔާ ސާނިއާ ސާގަރުއާ ކައިވެނިކޮށްފައެވެެ. ޕްރަތީކް އާއި ސާނިއާ ކައިވެނިކޮށްފައިވަނީ މިމަހުގެ 23 ވީ ބުދަ ދުވަހުގައި އިންޑިޔާގެ ލަކްނޫގައެވެ. މި ކައިވެނި ހަފްލާގައި ދެފަރާތުގެ އާއިލާއިންނާއި ރައްޓެހީން ބައިވެރިވިއެވެ. އާދައިގެ ގޮތަކަށް ބޭއްވި މި ކައިވެނި ކުރާނެ ކަމަށް މީޑިޔާތަކުން ކުރިންވެސް ރިޕޯޓްކޮށްފައިވެއެވެ.

ޕްރަތީކް އާއި ސާނިއާގެ ކައިވެންޏަށްފަހު ޕްރަތީކް ވަނީ ހުކުރު ދުވަހުގެ ރޭ މުމްބާއީގައި ރިސެޕްޝަނެއް ބާއްވައިފައެވެ. މީގައި ޕްރަތީކްގެ ރައްޓެހިންނާއި ބޮލީވުޑްގައި އޭނާޔާ އެކީ މަސައްކަތް ކުރި ރައްޓެހިން ބައިވެރިވިއެވެ.

33 އަހަރުގެ ޕްރަތީކް އަކީ ބޮލީވުޑް އެކްޓަރ ރާޖް ބައްބަރުގެ ދަރިއެކެވެ. ޕްރަތީކްގެ މައްމަ ސްމީތާ ޕަޓޭލް އަކީވެސް ބޮލީވުޑްގެ ތަރިއެކެވެ. ނަމަވެސް ސްމީތާ ޕަޓޭލް މިހާރު ދުނިޔޭގައި ނެތެވެ. ޕްރަތީކްގެ އަލަތު އަނބިމީހާ ސާނިއާއަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ބަހްޖާން ސަމާޖް ޕާޓީ (ބީއެސްޕީ) ގެ ލީޑަރު ޕަވަން ސާގަރުގެ ދަރިއެކެވެ.

އެންމެ ފުރަތަމަ ޕްެރަތީކް ބެލުންތެރިންނަށް ފެނިގެންދިޔައީ 2008 ވަނަ އަހަރު ނިކުތް ފިލްމް ޖާނޭ ތޫ…ޔާ ޖާނޭނާ އިނެނެވެ.

ޓެގު