English Edition
Dhivehi Edition

އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމް ނުހިމަނާ އިކެޝަންސް ކޮމިޝަން (އީސީ)ގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފި އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލާފައިވާ އިރު އެ ކޮމިޓީގައި ކޮމިޝަންގެ ފަސް މެންބަރުންނާއި ޕާޓީތަކާއި 10 މުއައްސަސާއެއް ހިމަނައިގެން 26 ފަރާތަކުން ތަމްސީލު ކުރައްވާނެއެވެ. ނަމަވެސް މި ކޮމިޓީގައި ޕީޕީއެމް އާއި ޑީއާރްޕީ ހިމަނާފައިނުވާނެ ކަމަށް އީސީގެ މެންބަރު އަހުމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ

އަކްރަމް ވިދާޅުވީ ކޮމިޓީގައި ޕީޕީއެމް ހިމަނާފައިނެތީ ޕީޕީއެމްގެ ފަރާތުން މިހާތަނަށް ކޮމިޓީއަށް ނަން ފޮނުވާފައި ނުވާތީ ކަމަށެވެ. އަދި ޕީޕީއެމް އިން ނަން ފޮނުވިހާ އަވަހަކަށް އެޕާޓީވެސް ކޮމިޓީގައި ހިމަނާނެ ކަމަށް އަކްރަމްވަނީ ވިދާޅުވެފައެވެ

ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުލް މަތީން ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީގައި ބައިވެރިިވާނެ މެންބަރުންގެ ނަންތައް އީސީއަށް ފޮނުވާފައިވާނެކަމަށާއި އެ ކޮމިޝަނުން އެ ކޮމިޓީ އެކުލަވާލި ކަން އަނގާފައި ނުވާކަމަށެވެ

އީސީއިންވަނީ އުމީ ލަފާދެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަން ނިންމާފައެވެ

ޓެގު