English Edition
Dhivehi Edition

މި ސަރުކާރު ހިންގާ ކޯލިޝަން ރޫޅޭފަދަ މައްސަލައެއް ނެތްކަމަށާއި މި ކޯލިޝަންގައި މައްސަލައެއް އުޅޭތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ

ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގުރާމްގައި ނަޝީދު މިއަދު ވިދާޅުވީމި ސަރުކާރުގެ ހުރިހާ ވުޒާރާތަކަކާއި މުޅި ސަރުކާރު ވެސް ވަރަށް އަމާން އޮމާން ގޮތެއްގައި ހިނގަމުން އަންނަ ކަމަށެވެ. އަދި ސަރުކާރު ހިންގާ އިއްތިހާދުގެ ތެރެއިން ވެސް މައްސަލައެއް ނުފެންނަކަމަށެވެ. ކޯލިޝަން ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށްތަކުރާރުކޮށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ ތަޖުރިބާގެ އަލީގައި ‘ވިއްސާރަ ކުރަން ފެށީމަ’ އެނގިވަޑައިގަންނަވާނެކަމަށެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ހުރިހާ ދާއިރާ އަކަށް ވާދަ ކުރަން އެމްޑީޕީން ނިންމި ހިސާބުން ކޯލިޝަންގެ ތެރޭގައި މައްސަލަތައް އުފެދިފައިވާއިރޔ ނަޝީދު ވިދާޅުވީ އެ ކޯލިޝަން ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއްކަމަށެވެ. “ރައްޔިތުން ބޭނުންވާ މީހަކަށް ވޯޓު ދިނުމުގެ ފުރުސަތު އެ ރައްޔިތުންނަށް ދޭން ޖެހޭނެ.އަޅުގަނޑު އެއްބަސްވާންވީ ވަކި ދާއިރާއެއްގައި އެމްޑީޕީގެ ކެނޑިޑޭޓެއް ނުހުންނަން. ނުހުރެފައި އޭގެ މާނައަކަށް އަދި ވާންވީ އަޅުގަނޑުމެން މި ބުންނަން ޖެހެނީ ޖޭޕީގެ ކެނޑިޑޭޓަށް އަޅުގަނޑުމެންގެ ހުރިހާ މެންބަރުން ވޯޓު ދެއްވާށޭ. ،”ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މެންބަރުންނަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް އިންސާފުވެރި ގޮތެއް ނޫންކަމަށެވެ

ކޯލިޝަންގައި މައްސަަލައެއް ނޫޅޭކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީ އާއި ނަޝީދަށް ފާޅުގައި ހޫނު ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ. މި ގޮތުން ރޭ ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނަޝީދު ވައްޓާލަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ

.