English Edition
Dhivehi Edition

ޕާކިސްތާނުގެ 23 އަހަރުގެ ޒިއާ ރާޝިދްއަކީ އޭނާގެ ދިގުކަން އެހެންމީހުންނާއި އަޅާބަލާއިރު ތަފާތު މީހެކެވެ ދިގުމިނުައިގައި 8 ފޫޓު ހުންނަ ރާޝިދަކީ މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ މީހުން އަބަދުވެސް އޭނާ ކައިރިއަށް ސެލްފީ ނެގުމަށްވެސް އަންނަ މީހެކެވެ. ނަމަވެސް މިހާރު ރާޝިދަށް ދިމާވެގެންއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ އޭނާގެ ހަޔާތަށް ބައިވެރިޔަކު ހޯދިފައި ނެތް މައްސަލައެވެ.

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސް އަށް ނިސްބަތްވާ ރާޝިދަކީ ދުނިޔޭގެ ދެވަނައަށް އެންމެ ދިގު މީހާއެވެ. މިގޮތުން ދުނިޔޭގެ އެންމެ ދިގު މީހާއާއި ރާޝިދުގެ އިސްކޮޅާ ހުރީ 3 އިންޗީގެ ކުޑުކުޑަ ތަފާތެކެވެ. އެހެންވުމުން މިހާރު ދުނިޔޭގެ އެންމެ ދިގު މީހާއަކީ ތުރުކީއަށް ނިސްބަތްވާ ދަނޑުވެރިއެއް ކަމަށްވާ ސުލްތާން ކޮސެންއެވެ. މީނާގެ އިސްކޮޅުގައި 8 ފޫޓު 2.82 އިންޗި ހުރެއެވެ.

“މިހާތަނަށްވެސް އަހަންނަށް އަހަރެންގެ ހަޔާތުގެ ބައިވެރިޔަކު ލިބޭގޮތް ވަނީ ނުވެފަ, އަހަންނަކަށް ނުފެނޭ އަހަންނާ ކައިރިކުރާވަރަށްވެސް ދިގު ބައިވެރިއެއް. މިއީ ނުވާނޭ ކަމެއް. އަދި އަހަރެންގެ އާއިލާ ވަނީ އަހަންނާ “މެޗް” ވާ ކަހަލަ ބައިވެރިއެއް ހޯދުމުގައި ނުކުޅެދިފަ. އެމީހުން ވަނީ އަހަރެންގެ ކައިވެނީގެ ޝައުގުވެރިކަން ތަފާތު އާއިލާތަކާ ހަމައަށް ހުށައަޅާފަ. ނަމަވެސް އެއްވެސް މީހަކު ޝައުގުވެރިވާކަމަށް ފާހަނގައެއް ނުކުރޭ” ރާޝިދު ކިޔައިދިނެވެ. ރާޝިދު ބުނީ މިހާރު އޭނާ ކައިވެނި ކުރުމާ ދޭތެރޭ ނުވިސްނާ ކަމަށެވެ.

ބައިވެރިއެއް ހޯދުން ފިޔަވާ ދެން އޭނާޔަށް އެންމެ އުނދަގޫ ކަމަކީ އޭނާގެ ސައިޒުގެ އަންނައުނު ހޯދުމެވެ. މިހާރު އޭނާ ލަނީ މުޅިންވެސް ހެދުން ފަހައިގެންނެވެ. އޭނާގެ ފައިވާންތައް ގެންނަނީ ކަރާޗީއިންނެވެ.

ރާޝިދް އަކީ އޭނާގެ އުމުރުން 10 އަހަރުވަންދެން އެހެންކުދިން ކަހަލަ ކުއްޖެކެވެ. އޭނާ ކިޔައިދިން ގޮތުގައި އޭނާއަށް ދިހަ އަހަރަށްފަހު އޭނާގެ ހަށިގަނޑު ބަލިވުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން ބުނީ ކެލްސިއަމް މަދުކަމަށެވެ. އެހެންވެ ކެލްސިއަމް ލިބޭ ކާނާ ކެއުމުން ކުއްލިއަކަށް ދިގުވާން ފާށާ އާއިލާގައިވެސް ހުރި އެންމެ ދިގު މީހާޔަށް ވީ ކަމަށް ރާޝިދު ކިޔައިދިނެވެ.