English Edition
Dhivehi Edition

ހުޅުމާލޭ ރޯ ހައުސްއެއްގެ ޓެރެސްމަތީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއަދު ހައުސްގެ ޓެރެސް މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު މި މިހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެންދުރު 1:10 ހާއިރުގައެވެ.އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން އޮފިޝަލް އާޝިޔާ ޞާލިހު ވިދާޅުވީ، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައި ނެތްކަމަށެވެ.

މިދިޔަ ހަފްތާގައިވެސް ހުޅުމާލޭގައި ވަނީ 27 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެފަ އެވެ

ޓެގު