ޝާހިދް ކަޕޫރަކީ މިހާރު ކައިވެންޏެއްކޮށް ދެ ދަރީންގެ ބައްޕައެކެވެ.ނަމަވެސް ކުރިން އޭނާ ވަނީ ހިންދީ ފިލްމީ ތަރިންނާއި ރައްޓެހިވެފައެވެ.މިގޮތުން ޝާހިދް ވަނީ ފިލްމީ ތަރި ކަރީނާ ކަޕޫރް ޙާންއާއި ތިންއަހަރު ވަންދެން ރައްޓެހިވެގެން އުޅެފައެވެ.ދެން ރައްޓެހިވީ ޕްރިޔަންކާ ޗޯޕްޅާއާއި އެވެ.މި ލޯބީގެ ގުޅުން ގިނަ މަސްތަކަކަށް ނުގޮސް ރޫޅުނެވެ.ދެން އޭގެ ފަހުން 2015 ވަނަ އަހަރު އިވިގެން ދިޔައީ ޝާހިދް ކަޕޫރް މިރާ ރާޖްޕުތް އާއި ކައިވެނި ކުރި ހަބަރެވެ.
37 އަހަރުގެ ޝާހިދު މިފަހުން ކަރަން ޖޯހަރްގެ ޝޯއެއްގައި މިވަނީ ވަރަށް ޝައުގު ކުރުވަނިވި ވާހަތަކެއް ދައްކާފައެވެ.ކަރަން, ޝާހިދުއާއި ކުރި ސުވާލަކީ އޭނާ އަށް ތަފާތު އާދަޔާ ޙިލާފު ބާރެއް ލިބި ކުރީގެ އޭނާގެ ލޯބިވެރިންގެ ތެރެއިން އެކެކެއްގެ ހަނދާން ފޮހެލަން ބޭނުމިއްޔާ ފޮހެލާނީ ކާކުގެ ހަނދާނެއްތޯ އެވެ. މި ސުވާލަށް ޝާހިދް ކަޕޫރް ދިނީ ވަރަށް ތަފާތު ޖަވާބެކެވެ.ޝާހިދު ބުނީ ޕްރިޔަންކާއަށްވުރެ ގިނަ ދުވަސްވަންދެން އޭނާ ކަރީނާ އާއި ރައްޓެހިވެގެން އުޅުނު ކަމަށެވެ. އަދި އެ ދުވަސްތަކުގެ ހަނދާންތައް ފޮހެލަން ބޭނުން ނުވާކަމަށާއި އެއީ އޭނާއަށް ކުރެވުނު ތަޖުރިބާއެއް ކަމަށް ޝާހިދު ބުންޏެވެ.
ޕްރިޔަންކާ އާއި ކަރީނާވެސް މިހާރު ކައިވެނި ކޮށްފައިވާއިރު ޕްރިޔަންކާ މިހާރު ހުރީ ކައިވެންޏަށްފަހު އޭނާގެ ފިރިމީހާ ނިކް ޖޯންސް އާއި އެކު ހަނީމޫންގް ގައެވެ.އަދި ކަރީނާ މިހާރު އާއިލާއާއި އެކު ޔޫރަޕް އަށް ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް އައިސްފައެވެ.