English Edition
Dhivehi Edition

ދީޕިކާޔާ ކައިވެނި ކުރުމުން ދީޕިކާ ވަނީ އޭނާ 3 ކަމެއް ނުކުރުމަށް އަންގާފައި ކަމަށް ރަންވީރު ބުނެފިއެވެ. މިދިޔަ ނޮވެމްބަރ 14 އާއި 15 ގައި ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ކައިވެނީގެ ގޮށް ޖަހާފައިވަނީ އިޓަލީގެ ލޭކް ކޯމޯގައެވެ.އޭގެ ފަހުން ރަންވީރު ބުނަމުން އަންނަނީ އޭނާއަކީ ރީތިކަމުގެ ނަމޫނާއެއްގެ ފިރިއެއްކަމަށެވެ.

އިންޓަވިއުއެއްގައި ރަންވީރު ކައިރިން އޭނާ މިހާރު ފިރިޔަކަށް ވުމުން ނުކުރެވޭ ކަންތައްތަކެއް ހުރިތޯ ސުވާލުކުރުމުން ރަންވީރު ބުނީ ދީޕިކާ ވަނީ އޭނާ ރޭގަނޑު މާ ގިނައިރު ވަންދެން ބޭރުގައި ނުހުރުމަށާއި ގެއިން ކައިގެން އަބަދުވެސް ބޭރަށް ދިއުމަށާއި ފީނުނަގާ ނުހުންނަން އަންގާފައި ކަމަށް ބުނެފައެވެ.
ދީޕިކާ ނިދާފައި އޮންނައިރު ވަރަށް ރީތި,ދީޕިކާ ހޭލާއިރު ވަރަށް ރީތި, ދުވަހުގެ މެދުތެރޭގައި ދީޕިކާ ވަރަށް ރީތި, ކޮންމެ ދުވަހަކު ދީޕިކާޔާ ކައިރީގަ އޮވެ ހޭލެވޭތީ އަހަންނަކަށް ގަބޫލެއްވެސް ނުކުރެވޭ. މިހާރު 6 އަހަރު ވެއްޖެ, އަދިވެސް އަހަންނަށް ގަބޫލެއް ނުކުރެވޭ.އެހެންވީމަ ‘އިޓް ފީލްސް ސޯ އެމެއިޒިން'” ރަންވީރު އިންޓަވިއުގައި ބުނެފައިވެއެވެ.