English Edition
Dhivehi Edition

ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ އެއްކަމަށް ވާ “ޔޭރިޝްތާ ކިޔާ ކެހެލާތާހޭ” ގައި ކާތިކް ގެ ރޯލުން ފެނިގެންދާ މުހުސިން ހާން އަށް އިންސްޓަގްރާމުން އެއްމިލިއަން ފޮލޯވާސް ލިބިގެން އުފާފާޅު ކޮށްފިއެވެ.

މުހުސިން އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އޭނަގެ ގޭގައި އާއިލާ އާއެކު އުފާފާޅުކޮށްކޭކެއް ފަޅާ ހިންދީ ފިލްމް ދަޅަކްގެ ލަވައެއްކަމަށްވާ “ޒިންގާތު” ލަވައަށް ވަނީ ނަށާފައެވެ. އެވީޑި އޯޝެއާ ކުރުމަށްފަހު މުހުސިންވަނީ އޭނާގެ ޝޯގެ ބައިވެރިންނަށާއި ޝޯވް ބަލާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

އުމުރުން 26 އަހަރުގެ މުހުސިންއަކީ ވަރަށްގިނަ މީހުންގެ ލޯބި ލިބިފައިވާ ރީތި އެކްޓަރެކެވެ. ޔޭރިޝްތާ ކިޔާކެހެލާތާހޭ ގައި ކުރިން މަޝްހޫރު ކަން ހޯދާފައިވާ އަކްޝަރާ އާއި ނިތިކް ގެ ރޯލަށް ފަހު އެދެތަރިން ޝޯވް ދޫކޮށް ދިޔުމުން މިހާރު އެޝޯވް ކާތިކް އަދި ނާއިރާގެ ދިރި އުޅުމުގެ މައްޗަށް ބިނާކޮށް ދައްކަމުން ދާއިރު ބެލުނެތެރިންނަށް މިދެޖޯޑް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ.

މުހުސިން އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ތަރިއަކަށް ވެފައި ފޭނުންގެ އަބަދުވެސް އެއްސުވާލެއް އޭނައަށް އަމާޒުވެއެވެ. އެގޮތުން ކާތިކް އާ ނާއިރާގެ ޖޯޑު ކަމުގޮސް އެދެ ތަރިންނަކީ އަސްލު ދިރިއުޅުމުގައިވެސް ދެ ލޯބިވެރިންތޯ ފޭނުން ސުވާލު އުފައްދައެވެ. ނަމަވެސް އަދި މިހާތަނަށް މިސުވާލާގުޅިގެން އެއްވެސް ޖަވާބެއް މުހުސިން ދީފައި ނުވާއިރު ގިނަބަޔަކަު ބުނަމުން ދަނީ މިދެތަރިން އުޅެނީ ހަގީގީ ދިރި އުޅުމުގައިވެސް ރައްޓެހިވެގެންނެވެ.

މިހާރު ޔޭރިޝްތާ ކިޔަކެހެލާ ތާހޭގައި މަސައްކަތް ކުރަމުން އަންނަ މުހުސިން ވަނީ މީގެ ކުރިން ލައިފް އޯކޭ އިން ދެއްކި ޑްރާމާ “ޑްރީމް ގާލް” ގައި އަދި “މެރޭ އާޝިގީ ތުމް ސޭ ހީ” ޝޯގައި ވެސް މަސައްކަތްކޮށްފައެވެ.