English Edition
Dhivehi Edition
އެކްޓަރ އަންޝް ބަގްރީ

ފޮޓޯގައި ތިފެންނަނީ ހޮލީވުޑްގެ އެކްޓަރ އިއާން ސޮމާހޯލްޑަރ އެއްނޫނެވެ. އިންޑިއާގެ އެކްޓަރ އަންޝް ބަގްރީއެވެ.

އުމުރުން 31 އަހަރުގެ އަންޝް ބަގްރީ އަކީ ކުރިން އެހާ އާންމުނޫން މޫނަކަށް ވެދާނެއެވެ.ނަމަވެސް އަންޝް އެންމެ ފުރަތަމަ ޓީވީ އިން ފެނިގެން ދިޔައީ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ކަރީނާ ކަޕޫރް އާއެއްކޮށް ކުޅެފައިވާ”ލިމްކާ ޕިޔާސް ބަދާއޯ” އިސްތިހާރުންނެވެ. އޭގެފަހުން އަންޝް ވަނީ 2016 ވަނަ އަހަރު ނިކުތް ކޮމެޑީ ހިންދީ ފިލްމެއް ކަމަށްވާ “ޑޭސް އޮފް ޓަފްރީ” އިންވެސް ފެނިފައެވެ.

 ޑޭސްއޮފް ޓަފްރީ ގެ އިތުރުން އަންޝް ވަނީ ހިންދީ ފިލްމް ޔުވްރާޖް، ރަބްނެބަނާދީ ޖޯޅީ އަދި ޒަރަނަޗްކެދިކާ ގައި ބެކްޑާންސަރ އެއްގެ ގޮތުން ޕާފޯމް ކޮށްފައެވެ. އެއަށްފަހު އަންޝް ދެން ފެނިގެން ދިޔައީ ސްޓާޕްލަސް އިން ކަރަންޖޯހަރ އަދި ރޯހިތް ޝެޓީ ގުޅިގެން ކުރިއަށް ގެންދިޔަ “އިންޑިއާސް ނެކްސްޓް ސުޕަސްޓަރސް 2018” އިންނެވެ.

އަންޝް ދަނީ މިހާރު ސްޓަރޕްލަސްގައި މިހަފްތާގައި އަލަށް ދައްކަންފެށި ޑްރާމާ “ދިލްތޯހެޕީ ޖީ” ގައި މަސައްކަތް ކުރަމުންނެވެ. ގުލްހާން އަދި ނިލަންޖަނާ ޕްރޮޑިއުސް ކޮށްފައިވާ މި ޑްރާމާ އަކީ ‘ހެޕީ” ކިޔާ އަންހެން ކުއްޖެއްދެކެ ދެބެއިން ނަށް އެއްފަހަރާ ލޯބިވުމުން ވާގޮތް ދައްކުވައިދޭ ޑްރާމާއެވެ.

ހޮލީވުޑްގެ އެކްޓަރ އިއާން އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލްވި ސީރީޒް އެއް ކަމަށްވާ “ވެމްޕެއަރ ޑައިރީސް”ގައި ފެނިގެން ގޮސްފައިވާ ފަރާތެކެވެ. އިއާން އާއި ވައްތަރުކަމަށް އެތައް ބަޔަކު ބުނަމުން އަންނައަންޝް ބުނެފައިވާގޮތުގައި އޭނަގެ ހުވަފެނަކީ ބޮލީވުޑްގެ ތަރިއަކަށްވުމެވެ. އަދި މިހާތަނަށް މިހާހަމައަށް އާދެވިފައިވަނީ 15 އަހަރުގެ މަސައްކަތުން ކަމަށްވެސް އޭނަބުންޏެވެ.