English Edition
Dhivehi Edition

މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފަތުރަން ނޫޅުއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ، މުހައްމަދު އިޔާޒު ގޮވާލައްވައިފި އެވެ

ޑރ އިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ތިމާއަށް ﷲ ނުފެނުނު ނަމަވެސް ތިމާކުރާ ހުރިހާކަމެއް، އަދި ބުނާ ހުރިހާ ބަހެއް އަދި ހިތުގައި ފޮރުވިފައިވާ ހުރިހާކަމެއް ﷲ ދެކެވޮޑިގެންވާކަމަށެވެ. “ﷲ ދެކެވޮޑިގެންވޭ އަދި ބައްލަވާ ވޮޑިގެންވާކަން އަދި މޮޅަށް ދެނެވޮޑިގެންވާކަން ހަދުމަކުރޭ”ޑރ.އިޔާޒް ވިދާޅުވިއެވެ

އިޔާޒްގެ ޓުވިޓްގައި ވަކި ފަރާތެއްގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އިޔާޒު އެފަދައިން ގޮވާލައްވާފައިވަނީ ކެމްޕެއިން ލޯންޗިން އިވެންޓެއްގައި ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ

ރޭ ބޭއްވި ކެމްޕެއިން އިވެންޓްގައި ނަޝީދު ވިދާޅުވީ ކައިވެނީގެ ބޭރުން ދަރިން ހޯދާ ހޯދުމަށް އޮތް ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރެވޭ ގޮތް ހެދުން ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ކައިވެނި ނުކޮށްތިބޭ މީހުންނަށް ނުވިހާ އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނޯންނަ ކަމަށާއި އެގޮތަށް އެކަން އޮވެގެން ނުވާނެ ކަމަށެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ގިނަ ދީނީ އިލްމުވެރިންވަނީ މި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ