English Edition
Dhivehi Edition
ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް - ފޮޓޯ: އަވަސް

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވަޒީފާއިން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު ވަކިކޮށްފިއެވެ

އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރު ގެ މަގާމުގައި ހުންނެވި އިޔާޒް ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންނެވެ.

އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، އެ ޔުނިވާސިޓީން މީގެ ކުރިން އޭނާއަށް ވަނީ ނަސޭހަތާއި އިންޒާރުވެސް ދީފައި ވެއެވެ. އަދި ކުރި ޓްވީޓްތަކާއި ގުޅިގެން ސަސްޕެންޑްވެސް ކޮށްފައިވާއިރު އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ވިދާޅުވީ އިޔާޒު ވަޒީފާއިން ވަކިކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިޔުންވެސް ހިމެނޭކަމަށެވެ.