English Edition
Dhivehi Edition

އައްޑޫ ސިޓީގެ މަގުތައް އަލުން މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ކުރަން ފަށައިފިއެވެ.

މިގޮތުން ތާރު އަޅައިގެން ރަނގަޅު ފެންވަރަށް ހަދާފައިވާ މަގުތަކާއި ވެލި މަގުތައްވެސް މަރާމާތުކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އަމަލީގޮތުން އައްޑޫ ސިޓީ ކައުންސިލް އިން ކުރަން ފަށާފައި ވެއެވެ. ތާރު މަގުތަކުގައި ހެދިފައިވާ ވަޅުގަނޑުތައް ކަނޑައި އަލުން ތާރު އެޅުމާއި، ހަލާުކުވެފައިވާ ތަންތަން ގަނޑުވެސްް ނަގައި މަރާމާތު ކުރަމުން ދެއެވެ. އަދި ވެލި މަގުތަކަށް ފަސް އަޅައި، އެއްވަރު ކުރުމުގެ މަސައްކަތް ވެސް ކުރެއެވެ.

ކުރިން މަގުތައް މަރާމާތު ކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގޮސްފައި ވަނީ އެމް.އާރ.ޑީ.ސީ އިން ކަމުގައި ވީނަމަވެސް އާ ސަރުކާރު އައުމާއި އެކު މިފަދަ ހުރިހާ ކަމެއް ކައުންސިލްގެ ދަށަށް ގެނެސްފައި ވެއެވެ. މިއީ ލާމަރުކަޒީ ކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލު ތަކެއްކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ.

އައްޑޫގެ މަގުތަކަކީ އަބަދުވެސް މަރާމާތު ކުރަން ޖެހިފައި އޮންނަ ތަނެއްކަމަށް ގިނަ މީހުން ބުނަމުން ދެއެވެ. އަދި އެކަމަށްއޮތް ހައްލަކީ ރަނގަޅު ފެންވަރަކަށް މަގުތައް ހެދިގެން ދިޔުންކަމަށް އައްޑޫގެ ރައްޔިތުން ބުނަމުން ދެއެވެ.