English Edition
Dhivehi Edition

އައްޑޫގައި ޓްރާސްޕޯޓް އޮތީރިޓީގެ ފަރާތުން ދެމުންގެންދިޔަ ޙިދުމަތްތައް މުނިސިޕަލް ސަރވިސްގެ ދަށަށް ބަދަލުކޮށްފި އެވެ.

އެގޮތުން ޓްރާންސްޕޯޓް އޮތީރިޓީގެ އެންމެހައި މުވައްޒަފުންނާއި، އެތަނުން ދެމުން ގެންދިޔަ ހުރިހާ ޙިދުމަށްތައް މީގެ ފަހުން ދެމުން ގެންނާނީ މުނިސިޕަލް ސަރވިސް އޮފީހުންނެވެ. މިއޮފީސް ހުންނާނީ ކުރީގެ އަތޮޅު އޮފީސް ހިންގި އިމާރާތުގައެވެ. މިގޮތަށް ބަދަލުގެނައުމުން ޓްރާސްޕޯޓްގެ ހުރިހާ ހިދުމަތްތަކެއް ދެމުންގެންދާނީ އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

އައްޑޫ ސިޓީގައި ހުރި މިފަދަ ގިނަ މިނިސްޓަރީތަކުގެ ގޮފިތައް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ހަމަޖެހިފައި ވެއެވެ. އަދި އެއީ ލާމަރުކަޒީ ކުރުމުގެ ގޮތުން ގެންނަ ބަދަލެއްކަމަށް ކައުންސިލް އިން މަޢުލޫމާތު ދީފައި ވެއެވެ. އަދި މިފަދަ ހުރިހާ ޙިދުމަތްތައް ހޯރުކޮށްދޭން ޖެހޭނީ ކައުންސިލް އިންކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލް އިން ޤަބޫލުކުރެއެވެ.

މީގެ ކުރިންވެސް މިގޮތަށް ގިނަ ޙިދުމަތްތަކެއް ކައުންސިލްގެ ބެލުމުގެ ދަށުން ދެމުން ގެންގޮސްފައި ވީނަމަވެސް ފަހުން އެބާރުތައް ކައުންސިލްތަކުން ނަގައި ސީދާ މިނިސްޓަރީތަކުގެ ބެލުމުގެ ދަށުން ދެމުން ގެންގޮސްފައެވެ.