English Edition
Dhivehi Edition

ގައުމީ ބޭންކް، ބީއެމްއެލްގެ މުވައްޒަފުންތަކެއް ހިންގާފައިވާ އެތައް މިލިއަން ރުފިޔާއެއްގެ ހިޔާނާތުގެ މައްސަލައެއް ބަލަން ފަށައިފި އެވެެ. މިމައްސަލަ ފެންމަތިވުމާ ގުޅިގެން ބީއެމްއެލްގެ އޮޑިޓަރުން މިކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިމައްސަލާގައި ބީއެމްއެލް އިން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ބީއެމްއެލްއިން މީގެ ކުރިން ވިދާޅުވެފައިވަނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް އެބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށެވެ.

ބީއެމްއެލްގެ ހިޔާނާތުގެ މައްސަލަ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާހަގަކުރަމުންދާއިރު މިހިޔާނާތުގެ ޖުމްލަ އަގު 8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މިމައްސަލާގައި ތުހުމަތުކުރެވޭ މުވައްޒަފުންގެ އަދަދުތައް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.