English Edition
Dhivehi Edition
ބީއެމްއެލް ބޯޑު މެންބަރުން ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަަޅައި، ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފި އެވެ.

މިއަދު ބޭއްވި އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި އަހުމަދު އަލީ ހަބީބް، އަލީ އިރުފާން، މުހައްމަދު ޝާހިދު ވަނީ ބޯޑަށް އައްޔަނުކޮށްފައެވެ. ބޯޑުގެ ޗެއާޕާސަންކަމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީ ހަބީބު، ނޫވިލާގެ / އައްޑޫ ހިތަދޫ ހަމަޖައްސާފައިވާއިރު، އެ ބޭންކުގެ އީޖީއެމް ބޭއްވީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ޕްލެޓްފޯމް “ފަހިވޯޓު” މެދުވެރިކޮށެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ:

  • އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04 / މާލެ
  • އާދިލް މޫސާ، ފެންއާރު / ބ. އޭދަފުށި
  • ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން / މާލެ

އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އިންތިހާބުކުރި ޑިރެކްޓަރުންނަކީ:

  • އަބްދުالله ނަސީމް، ކަރަންކާ ވިލާ / ހއ. ފިއްލަދޫ
  • މޫސާ ރަޝީދު، މ. ގަސީމް / މާލެ
  • ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން / މާލެ