English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ އޭޓީއެމް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ކ. ގާފަރުގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފްސާރވިސް އޭޓީއެމްގެ ހިދުމަތްދޭން ފަށައިފިއެވެ.

ކ. ގާފަރުގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ހިދުމަތް ގާއިމްކޮށްފައިވަނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ކ.ގާފަރު ކައުންސިލާއި، ބޭންކު އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާ އެކު އެކުލަވާލެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އޭޓީއެމް ހިދުމަތް ނުލިބޭ ރަށްރަށަށް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އޭޓީއެމް ތަކެއްގެ ހިދުމަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބޭންކު އޮފް މޯލްޑިވްސް ފިޔަވާ އެހެން ބޭންކު ތަކުގެ ހިދުމަތްވެސް އަތޮޅުތެރެއަށް ފުޅާކުރުމަށް ސަރުކާރުންގެންދަނީ މަސައްކަތް ކުރަމުންކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި އޭޓީއެމް ހުޅުވުމަކީ އެ ރަށުގެ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ލިބުމުގައި އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތެއްކަމުގައެވެ.