ކަތިނަޒަރަކުން އެންމެންގެ ހިތް އަތުލި ސައުތް އިންޑިއަން ފިލްމީތަރި ޕްރިޔާ ޕްރަކާޝް ވާރިއާ ދެން އެންމެ އަވަހަށް ބޭނުންވަނީ ރަންވީރް ސިންގ އާއެކު ފިލްމެއް ކުޅެންކަމަށް އޭނާ ބުނެފިއެވެ.
“އޮރޫ އަދާރް ލަވް” ކިޔާ ފިލްމެއްގެ ލަވައެއްގެ މަންޒަރެއްގައި ކަތި ނަޒަރުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު ފެނި އެތައް ބައެއްގެ ނަޒަރު ވަނީ ޕްރިޔާއަށް ހުއްޓިފައެވެ. ނަތީޖާއެއްްގެ ގޮތުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޕްރިޔާ ވަނީ މުޅި ދުނިޔޭގައި ވެސް މަޝްހޫރުވެފައެވެ.
މުޅިދުނިޔޭގައި މަޝްހޫރުކަން ހޯދި ޕްރިޔާ ވަނީ މިހާރު ބޮލީވުޑްގެ ހިންދީފިލްމެއްކަމަށްވާ “ސްރީދޭވީ ބަންގްލޯ” ނަމަކަށް ކިޔާ ފިލްމެއްގައި މަސައްކަތް ކުރަންފަށާފައެވެ.
ބޮލީވިުޑްގައި މަސައްކަތް ކުރަން މިވަގުތު ފުރުސަތުތައް ލިބެމުންދާ ޕްރިޔާ ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނަ ބޮލީވުޑްގެ ތަރި ރަންވީރް ސިންގ އާއެކު ފިލްމެއްކުޅެލަން ވަރަށް ބޭނުންވާ ކަމަށެވެ.
“ރަންވީރަކީ އަހަރެންގެ ފެވަރިޓް އެކްޓަރ، ވަރަށް ގިނަމީހުން އަހާ ފިލްމް “ސިމްބާ” ގައި ރަންވީރް އާއެކީ ފެނިގެންދާނީ އަހަރެންތޯ، ނަމަވެސް ހިތަށް އަރަނީ ހަމަ ހަގީގަތަށްވެސް އަހަންނަށް އެފުރުސަތު ލިބުނުނަމައޭ” ޕްރިޔާ ބުންޏެވެ.
މީގެކުރިންވެސް ޕްރިޔާވަނީ އޭނާ ބޮލީވިޑްގެ ފިލްމްތަކުގައި މަސައްކަތް ކުރަންބޭނުންވާ ކަމަށް ބުނެފައެވެ. އަދި ޝާހްރުކް ހާން އާއި ރަންވީރު ސިންގް ފަދަ ތަރިންނާއި އެކު ފިލްމު ކުޅެން ބޭނުން ވާ ކަމުގައި ވެސް ބުނެފައިވެއެވެ.
ޕްރިޔާ ކުޅުނު ފުރަތަމަ ފިލްމުގެ “މަނިކްޔަ މަލަރާޔާ ޕޫވީ”ލަވައިން ލިބުނު ބޮޑު ސަމާލުކަމާއި އެކު އެއް ދުވަހުގެ ތެރޭގައި އޭނާ އިންސްޓަގްރާމުގައި ފޮލޯކުރާ މީހުންގެ އަދަދު ވަނީ 2.9 މިލިއަނަށް ވުރެންމައްޗަށް އަރާފަ އެވެ.