ފްރެންޗް ލީގުގައި ރޭ އެމިއެންސް ފަސޭހަ ކަމާއި އެކޮށް ބަލިކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން ޕީއެސްޖީން ލީގު ތާވަލުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ފްރެންޗް ލީގު ކަޕުގެ ކުއާޓާ ފައިނަލުން މިދިޔަ ހަފްތާގައި ލީގުގެ ފުލުގައި އޮތް ގުއިންގޭމްޕްއާއި ވާދަކޮށް ބަލިވި ޕީއެސްޖީ މިމެޗު ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭގެ މި ނަތީޖާ އާއި އެކު ޕީއެސްޖީ ކުޅުނު 38 މެޗުން 93 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެވަނާގައި އޮތް މޮނާކޯއަށް ލިބިފައިވަނީ 80 ޕޮއިންޓެއެވެ.
ނަން މަޝްހޫރު ގިނަ ކުޅުންތެރިންނާއި އެކު ކުޅެމުންދާ ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެ ޓީމްއަށް ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ޕީއެސްޖީން ވަނީ ދެވަނަ 57 ވަނަ މިނެޓްގައި ލިބުނު ޕެނެލްޓީއަކުން މެޗުގެ ލީޑު ނަގާފައެވެ.މި ލަނޑު ކަވާނީ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ދެ ވަނަ ގޯލު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެމްބާޕޭ އެވެ.
ރޭގެ މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑާއި އެކު އޭނާ ވަނީ 14 ގޯލާއި އެކު ޕްރާންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލާފައެވެ.