English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑްއާއި ޓޮޓެންހަމް ހޮޓްސްޕާސްގް ބައްދަލު ކުރި މެޗު ޑެވިޑް ޑެހެއާ ދެއްކި މޮޅު ކުޅުމުން ޔުނައިޓެޑުން ޓޮޓެންހަމް މައްޗަށް ހަނި މޮޅެއް ހޯދައިފިއެވެ.

ރޭ މި ދެ ޓީމް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައި ވަނީ 1-0 ލަނޑުންނެވެ.

ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދެއްކި އާދަޔާހިލާފު މޮޅު ކުޅުމާއެކު އެޓީމުން ހޯދި މި މޮޅަކީ ޔުނައިޓެޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކިކުރުމަށް ފަހު ވަގުތީ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗު ކަމުގައި އެ ޓީމް ހޯދި ފަސްވަނަ މޮޅެއެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް ގަދަ ހަތަރެއްގެ އުންމީދު އައުކޮށްފައިވާއިރު އެ ޓީމް މިހާރު އޮތީ 41 ޕޮއިންޓާއި އެކު ލީގުގެ ހަވަނަ މަގާމުގައެވެ.ޔުނައިޓެޑް 41 ޕޮއިންޓާއި އެކު ހަވަނާގައި އޮތް އިރު ފަސް ވަނައިގައި އޮތް އާސެނަލްއަށް ވެސް ލިބިފައިވަނީ 41 ޕޮއިންޓެއެވެ.ރޭގެ މެޗުން ބަލިވި ޓޮޓެންހަމް 48 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް އިރު އެއް ވަނައިގައި އޮތް ލިވަޕޫލާ އެޓީމާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރޭގެ މެޗުން ބަލިވުމުން 50 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުވެސް ޓޮޓެންހަމަށް ވަނީ ގެއްލިފައެވެ.

ސީޒަންގެ ކުރީ ކޮޅު ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމުގައި ވީނަމަވެސް އާ ކޯޗާއި އެކު މޮޅު ކުޅުމެއް ދައްކަމުންދާ ޔުނައިޓެޑްގެ ހަމަ އެކަނި ލަނޑު އެ ޓީމްއަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 44 ވަނަ މިނެޓްގައި ޒުވާން ފޯވަޑް ރަޝްފޯޑްއެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ މިއީ ޔުނައިޓެޑް އާއި ގުޅުނު ފަހުން ލިބުނު ފުރަތަމަ ވަރުގަދަ މެޗުން ލީގުގެ ތިންވަނާގައި އޮތް ޓީމް ބަލިކުރެވުމުން ވަރަށް ބޮޑަށް ހިންމަޖޭހަކަމަށެވެ.

ހަމަ އިތުރަށް ކޯޗު ބުނީ ރޭގެ މެޗުގައި ޔުނައިޓެޑްގެ އަސްލު ފެންވަރު ދައްކާ ނުލެވުނު ކަމަގައި ވީނަމަވެސް ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އުއްމީދީ ކުޅުމެއް ކަމަށެވެ.

“ޔުނައިޓެޑްގައި އުއްމީދަކީ ކޮންމެ މެޗެއްވެސް ކާމިޔާބު ކުރުން.ކޮންމެ މީހަކުވެސް މި ޓީމް ކުޅޭނަމަ އުންމީދު ކުރާނީ ވަރަށް މޮޅު އެހާމެ ރަގަނޅު ނަތީޖާއަކަށް. އެކަން ނުވިޔަސް ވިސްނަން ޖެހޭނީ މި ޓީމްގައި ޒުވާން ކުޅުންތެރިން މިދައްކަނީ އުންމީދީ ކުޅުމެއް ކަން” ސޯލްޝެއާ ބުންޏެވެ..