English Edition
Dhivehi Edition

ސްރީލަންކަން އެއަރލައިން އިން މިއަހަރުގެ ފުރަތަމަ ޕްރޮމޯޝަން ފަށައިފިއެވެ.

މެގަ ސޭލްސްގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަންގެ ދަށުން ދެކޮޅު ޓިކެޓް ނެގުމުން %50 ލިބޭއިރު އެއްކޮޅު ޓިކެޓަށް %60 ޑިސްކައުންޓް ލިބެއެވެ. މި ޕްރޮމޯޝަންގެ ދަށުން ދަތުރު ކުރެވޭނީ އިންޑިއާގެ ކަނޑައެޅޭ މަންޒިލްތަކަކަށެވެ. އެގޮތުން މާލެ – ބެންގަލޫރު ދެކޮޅު ޓިކެޓް 150 ޑޮލަރަށް އުޅޭއިރު އެއްކޮޅު ޓިކެޓްގެ އަގަކީ 118 ޑޮލަރެވެ. ޓްރިވެމްޑަމް ދެކޮޅު ޓިކެޓް 172 ޑޮލަރަށް ހުރި އިރު އެއްކޮޅު 108 ޑޮލަރަށް ލިބެއެވެ. މާލެ-މުމްބާއީގެ ދެކޮޅު ޓިކެޓްގެ އަގަކީ 212 ޑޮލަރެވެ. އެއްކޮޅަށް 139 ޑޮލަރަށް ދެވެއެވެ. ކޮޗިނަށް އެއްކޮޅަށް 129 ޑޮލަރަށް ދެވޭއިރު ދެކޮޅަށް 176 ޑޮލަރަށް ދެވެއެވެ. އަދި އިންޑިއާގެ ވެރިރަށް ދިއްލީއަށް ދެކޮޅު ޓިކެޓް އުޅެނީ 282 ޑޮލަރަށެވެ. އެއްކޮޅު ޑިކެޓްގެ އަގަކީ 203 ޑޮލަރެވެ.

މިޕްރޮމޯޝަންގެ ދަށުން ނަގާ ޓިކެޓްގައި ދަތުރު ކުރެވޭނީ 14 ޖެނުއަރީ އިން ފެށިގެން މިއަހަރުގެ އޮކްޓޯބަރ 31 ވަނަ ދުވަހާއި ހަމައަށެވެ. އަދި މިހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ޓިކެޓް ނަގަން ޖެހެއެވެ.

ސްރީލަންކަން އެއަރލައިން އަކީ ރާއްޖެއަށް ދަތުރުކުރާ ބޭރުގެ އެއަރލައިންތަކުގެ ތެރެއިން އެންމެ ގިނަ މީހުން ދަތުރު ކުރާ އެއް އެއާރލައިންކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ޕޮރޮމޯޝަންތައް ދޭތެރެ ދޭތެރެއިން އެއަރލައިން އިން ކުރިއަށް ގެންދެއެވެ.