English Edition
Dhivehi Edition

ހިނގާބިނގާ މީހުންނަށް އުނދަގޫވާތީ މާލޭގެ އެކިސަރަހައްދުގެ މަގުތަކުގައި ގަވާދާއި ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓުތައް ސިޓީ ކައުންސިލުން މިއަދު ނަގަން ފަށައިފިއެވެ.

މިގޮތުން މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ގަވާއިދުގައި އޮންނަ ގޮތުން މަގުތަކުގައި ޕެލެޓު ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި މިއަދު ފެށި މަސައްކަތުން ބޮޑު ހަ ލޮރީ ފުރާ ޕެލެޓު ނަގާފައިވާ ކަމަށެވެ.

އެއް މަގެއްގައި އެތަށް ބައިވަރު ޕެލެޓު ޖަހާ ޕާކު ނުކުރެވޭ ގޮތަށް ހަދާފައި ހުންނާތީ އާންމުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު މި މަހު ހަތް ވަނަ ދުވަހު މާލޭ މަގުމަތީގައި ބާއްވާފައި އޮތް ލަކުޑި ޕެލެޓެއްގައި ފައި އަޅައިގަތް މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ގަވައިދުގައި އޮންނަ ގޮތުން ހުއްދައަކާއި ނުލައި މަގުތަކުގައި ޕެލެޓު ބެހެއްޓުމަކީ މަނާ ކަމެކެވެ.