English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ރަމްބީރް ކަޕޫރް އާއި އާލިއާ ބަޓް ވަރަށް އަވަހަށް އެންގޭޖް ވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިދެތަރިން އެންގޭޖްވާނީ އަންނަ ޖޫންމަހުގައެވެ. މިދެތަރި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާ އަށް ހާމަކޮށްފައި ވީނަމަވެސް އެންގޭޖް ވާންއުޅޭ ކަމުގެ އެއްވެސް ވާހަކައެއް އަދި މީޑިއާ އާހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް ރަމްބީރްގެ މަންމަ ބުނެފައިވަނީ އާލިއާ އަކީ އޭނައަށް އެންމެ ކަމުދާ ކުއްޖާ ކަމަށާއި ރަމްބީރް އާ އާލިއާގެ ގުޅުމާދެތެރޭ އޭނަވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

ރަމްބީރް އާއި އާލިއާ ގުޅުނުފަހުން ދެތަރިންވެސް ދަނީ ދެމީހުންގެ އާއިލާ އާއެކު ވަގުތު ހޭދަކުރަމުންނެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ރަންބީރުގެ މަންމަ ނީތޫ ވަނީ ދެމީހުން ކައިވެނި ކުރުމަށް މިހާރު ހުއްދަ ދީފަ އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މިދެތަރިން ގެ ދެފަރާތު އާއިލާ އާބާއްވާ ގާތް ގުޅުމަކީ ވެސް މިދެތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ ނިޝާނެކެވެ.

ރަމްބީރް އާއި އާލިއާ އެކުގައި ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ޑިސެމްބަރ މަހު ރިލީޒްވާން ހަމަޖެހިފައިވާ، އަޔާން މުކަރްޖީގެ “ބްރަހަމަޝްތުރަ”އިން ނެވެ.