English Edition
Dhivehi Edition

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ އާ އަހަރުގެ ކިޔެވުންފަށާއިރު ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި އެއްދަންފަޅިޔަށް ކިޔަވައިދޭން ފާށާނޭކަމަށެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އެއް ވައުދުފުޅެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ 213 ސްކޫލުގެ ތެރެއިން 134 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވަދޭނެ ކަމަށެވެ. “134 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވަދޭނެ. ބާކީ ސްކޫލުތައް ވެސް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް މިކުރަނީ”- މިނިސްޓަރ

.މިނިސްޓަރު ވިދާޅުވީ އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށްޓަކައި، ސްކޫލުތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް އޮޑިޓު ކުރަން ފަށާފައިވާ ކަމަށާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ އޮޑިޓު ނިންމާނެ ކަމަށެވެ.ޑރ. އާއިޝަތު ޢަލީ ކުރިން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ