English Edition
Dhivehi Edition

އިރާނުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ކަރްމަންޝާހް ޕްރޮވިންސްގެ ގިލަންގާބް ކައިރިން ބިމުގެ 10 ކިލޯމީޓަރު އަޑިއަށް އައި އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން 75 އަކަށްވުރެ ގިނަ މީހުން ޒަޚަމްވެއް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ

5.9 މެގްނެޓިއުޑްގެ ބާރުމިނުގައިގައި އައި މި ބިްހެލުމުގައި އެއްވެސް މީހަކު މަރުވިކަން އަދި މިހާތަނަށް ކަށަވަރުވެފައިނުވާއިރު، މީީޑޔާތަަކަށް މައުލޫމާތު ދެއްވަމުން ގިލަގާބްގެ ގަވަރުނަރ ކައުރަޝް މަހުމޫދިއަން ބުނެފައިވަނީ އެ ބިންހެލުމުގެ ސަބަބުން އެ ސަރަަހައްދުގެ ގިނަ އިމާރާތްތަކަކަށްެ ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ

މި ބިންހެލުމުގެ ސަބަބުން ގާތައް ވެއްޓި ބައެއް މަގުތައް ބްލޮކްވެފައިވާ އިރު ބިންހެލުމުގެ ލޮޅުމާއެކު އެ ސަރަހައްދުގެ ފެން ފަށަލަ އަށްވެސް ވަނީ އަސަރުކޮށްފައެވެ. ބިންހެލުމުގެ ސަބަބުން ގިލަންބާގުގެ ސްކޫލުތައް ވެސް ބަންދުކޮށްފައިވާއިރު ސާފު ބޯފެން ފޯރުކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ