English Edition
Dhivehi Edition
ފޮޓޯ: އީޕީއޭ

މިއަދު މާލޭގެ މަގުމައްޗަށް ކުނިއެޅިމީހެއްގެ ނަމާއި އެޑްރެސް އަދި ރަށް، އެންވަޔަރަމެންޓަލް ޕްރޮޓްކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ.

އީޕީއޭއިން ބުނީ މިއަދުގެ ވަގުތެއްގައި ޗާންދަނީމަގު ގޮމަށިކޯނާ ކައިރީ މަގުމައްޗަށް ކުނިއަޅާފައި ވަނީ ޒުބައިދާ އަލީ،ފްލާވާ ހައުސް /ހދ. ނޭކުރެންދޫ އެވެ. އޭނާ މަގުމަތީގައި ބެހެއްޓި ކުނިތަކުގެ ފޮޓޯ ވެސް އީޕީއޭ އިން އާއްމު ކޮށްފައި ވެއެވެ.

މަގުމައްޗަށް އަޅާ ކުނި ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު ހަދާފައިވާ ގަވައިދުގައި ވާގޮތުން އެފަދަ އަމަލުތައް ކުރާމީހުންގެ ނަން ހާމަ ކުރުމުގެ ބާރު އީޕީއޭ އަށް އޮވެއެވެ. ގާނޫނުގައި ބުނާގޮތުން އެފަދަ ކުށް ކުރާމީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި އެންމެ ފުރަތަމަނަގަނީ 300ރ އެވެ. އެއަށްފަހު ކުށް ތަކުރާރު ކޮށްފިނަމަ 500ރ ނަގާއިރު އަދި ނުރައްކާތެރި ބާވަތެއްގެ ކުނި އަޅާފައިވާނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ދީފައިވެ އެވެ.

މަގުމައްޗަށް ކުނި އެޅި މީހެއްގެ މައުލޫމާތު އީޕީއޭ އިން ފުރަތަމަ އާއްމު ކުރީ މިމަހުގެ 03 ވަނަ ދުވަހު އެވެ.