ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެއް މިލިއަނައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވެމްކޯ ޖޫރިމަނާ ކޮށްފައި މިވަނީ އެކުންފުނީގެ އުޅަނދަކުން ތިލަފުށީ ފަޅުތެރެއަށް ކުނި އެޅުމާއި ގުޅިގެން އެ މައްސަލަ ބެލުމަށްފަހުގައެވެ.
އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ 1.1 މިލިއަން ރުފިޔާ އިން ވެމްކޯ ޖޫރިމަނާކުރީ ވޭސްޓް މެނޭޖްމަންޓް ގަވައިދުގެ ދަށުން ކަމަށެވެ. އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.
Under The Waste Management Regulation (2013/R-58), Waste Management Cooperation (WAMCO) has been penalised on 11th January 2020 with a fine of MVR 1,128,750 due to the repeated cases of waste disposal into the lagoon area during their operations.
— EPA Maldives (@EPAMaldives) January 12, 2021
އޭޕީއޭއިން ބުނީ ވެމްކޯގެކުނި އުފުލާ އުޅަނދުފަހަރުން ތިލަފުށި ފަޅުތެރެއާއި މޫދަށް ކުނި އަޅާފައިވާތީ އާއި ކުނި އުފުލުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުންދިޔުމާއި ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން އިސްލާހުކޮށްފައި ނުވާކަމަށެވެ.
ވެމްކޯ އިން މިހާރު ކުނި އުކައިދިނުމުގެ ޚިދުމަތް ދެނީ ސިޓީތަކުގައި އެކަންޏެވެ. އެއީ މާލެ ސަރަހައްދާއި އައްޑޫގެ އިތުރުން ފުވައްމުލަކުގަ އެވެ. އެ ގޮތުން މާލެ ސަރަހައްދުން ނަގާ ކުނިތައް ނައްތައިލަން ގެންދަނީ ތިލަފުއްޓަށެވެ.