އެތެރޭގެ އުދުހުންތަކުގެ އަގު ގައުމީ އެއާލައިނުން ހެޔޮކޮށް، އަގުތައް ހާމަކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ރާއްޖޭގެ އެތެރޭގެ ހުދުހުންތަކުގެ ދިވެހިން އަދި ބިދޭސީ މަސައްކަތްތެރިންގެ އަތުން ނަގާ އަގުތައް ހެޔޮކުރުމަށް ސަރުކާރާއި މަޝްވަރާ ކުރެވިގެން އެ ކުންފުނީގެ ފަރާތުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މަންޒިލްތަކުގެ ދެކޮޅު ޓިކެޓްތަކުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމުގައެވެ.
އެތެރޭގެ އުދުހުން ތަކުގެ އަގުތައް ހަމަޖައްސާފައި ވާގޮތް:
މާލެ – ހަނިމާދޫ – މާލެ 1610 ރުފިޔާ – 2226 ރުފިޔާއާއި ދެމެދު
މާލެ – އިފުރު – މާލެ 1500 ރުފިޔާ – 2056 ރުފިޔާއާއި ދެމެދު
މާލެ – ދަރަވަންދޫ – މާލެ 1098 ރުފިޔާ – 1562 ރުފިޔާއާއި ދެމެދު
މާލެ – ކުޑަހުވަދޫ – މާލެ 1500 ރުފިޔާ – 2065 ރުފިޔާއާއި ދެމެދު
މާލެ – ތިމަރަފުށި – މާލެ 1610 ރުފިޔާ – 2226 ރުފިޔާއާއި ދެމެދު
މާލެ – ކައްދޫ – މާލެ 1610 ރުފިޔާ – 2226 ރުފިޔާއާއި ދެމެދު
މާލެ – ކޫއްޑޫ – މާލެ 1652 ރުފިޔާ – 2442 ރުފިޔާއާއި ދެމެދު
މާލެ – ކާޑެއްދޫ – މާލެ 1652 ރުފިޔާ – 2442 ރުފިޔާއާއި ދެމެދު
މާލެ – ފުވައްމުލައް – މާލެ 1698 ރުފިޔާ – 2598 ރުފިޔާ އާއި ދެމެދު
މާލެ – ގަން – މާލެ 1698 ރުފިޔާ – 2666 ރުފިޔާ އާއި ދެމެދު
އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ މަތީގައި ދެންނެވިފައިވާ އަގުތަކުގައި 10 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެކުންފުނީގެ ޓިކެޓިންގ އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ވިއްކަމުންދާނީ މިއަގުތަކުގައި ކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަކީރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.