އަންނަ މާޗް މަހުން ފެށިގެން އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އައިލެންޑް އެވިއޭޝަނުން ހާމަކޮށްފިއެވެ.
އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓްގައި މުވައްޒަފުންނާއި މުޚާޠަބުކޮށް ވާހަކަދައްކަވަމުން އައިލެންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވީ އަންނަ މާޗްމަހުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ. މިބަދަލާއެކު މުވައްޒަފުން ޕެންޝަނަށް ރައްކާކުރާ މިންވަރުވެސް އިތުރުވެގެންދާނެ ކަމަށް މިހާދު ވިދާޅުވިއެވެ
މީގެ އިތުރުންވެސް ކޯވިޑް-19ގެ ސަބަބުން ކުޑަކުރި ޢިނާޔަތްތަކުގެ ތެރެއިން އިތުރު ޢިނާޔަތްތައް އަލުން ދޭން ފެށުމަށް އައިލެންޑް އެވިއޭޝަނުންވަނީ ނިންމާފައެވެ. އެގޮތުން މުވައްޒަފުންނަށް ދެމުންދާ ޓިކެޓު ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކަނޑާލާފައި އޮތުމަށްފަހު އަލުން މިޓިކެޓުގެ ޢިނާޔަތްތައްވެސް އިޔާދަކުރުމަށްވަނީ ނިންމާފައެވެ.
އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ އެކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑު ދެއްވާފައެވެ.
އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.