ތ. ތިމަރަފުށި އެއަރޕޯޓު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިޢުލާންގައި ބުނެފައިވާ ގޮތުން މަރާމާތު ކުރަންޖެހެނީ އެ އެއަރޕޯޓްގެ އެކޮމޮޑޭޝަން ބްލޮކާއި ޕަސެންޖަރ ޓަރމިނަލްގެ އޮފީސް އޭރިއާ ކަމަށެވެ. އަދި ފަޔަރ އެންޑް ރެސްކިއު އިމާރާތާއި ޕަވަރ ހައުސްއާއި ބޯޑިންގ ގޭޓް ޗެކިންގ އޭރިއާ އާއި ސެކިއުރީޓީ ފެންސާއި ސެކިއުރިޓީ ގޭޓް ވެސް މަރާމާތު ކުރުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމާ ގުޅޭ ބައްދަލުވުމަށް ހާޟިރު ނުވާ ފަރާތްކަށް މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށާއި މި މަސައްކަތައް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 11 ޖަހަންދެން ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ މި މަހުގެ އަށް ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.