English Edition
Dhivehi Edition

އަހަރަކައްފައި އަހަރައް ފާއިތުވެމުންގޮސް އަދަކީ މީލާދީ ގޮތުން ދެހާސް ނަވާރަ ވަނަ އަހަރައްލީ ދުވަސް. ދުނިޔެ މިއޮތީ އަފިންނައް މިޅިން އައު އަހަރަކައް މަރުޙަބާކޭފެއި. ވީމެއި ނޫހާގެ ކިޔުންތެރިންނަށާއި ކިޔުންތެރިންގެ ޢާއިލާ ތަކައް ޚާއްސަކޮއް އައްޑޫ ހުށެހެއި ރައްޔިތުންނައް އޭއޯނޫހާއި މުވައްޒަފުންނާއި އިދާރާ ހިނގުވާ އެންމެންގެ ފަރާތުން އައު އަހަރުގެ ހެއު އެދުމާއި ތަހުނިޔާ ކޭން.

އައު އަހަރަކައް ކުރިމަތިލާކޯ އެންމެންނަސް ނިމިގެންގޭ އަހަރައް ތައުޒިޔާ ކޭއި އެ އަހަރަ ވެފެއި ތިބި ގޯސްކަންކަމުން ފާފަފުއްސަވާތޯ ﷲގެ ހަޒްރަތި ދަންނަވައި ދުޢާކޮއް އައު އަހަރަ ހެއު ގޮތެ ހޭދަކެރާއް ނިޔައް ގަތުމަކީ ވަރައް މުހިއްމު ކަމައް. ވީމެއި 2019ވަނަ އަހަރަކީ އެންމެންނަސް އިއްސައްވަނި ގިނައިން ހެއު ކަންކަމާއި މަސްއޫލުވެގެން ވޭނޑޭ އުހައުވެރި އަހަރަކައް ވުމައު އެދެމާ.